ދޫނޑިގަމް ފުޓްބޯޅަ ދަނޑޫގެ ނުނިމި ހުރި މަސަކަތް ކުރުމާއި ގުޅޭ

4 މެއި 2023|(IUL)468-APS/468/2023/133
ރަޖިސްޓަރކުރަންވީ ތާރީޙް: 14 މެއި 2023 ( 18:59)ބީލަން ހުށަހެޅުން: 16 މެއި 2023 (ހެނދުނު 6:30)

ދޫނޑިގަން ފުޓްބޯޅަ ދަނޑުގެ ޓާރފް އެޅުމުގެ މަސައްކަތުގެ ނުނިމިހުރި މަސައްކަތާއި ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ދޫނޑިގަން ފުޓްބޯޅަ ދަނޑުގެ ޓާރފް އެޅުމުގެ މަސައްކަތުގެ ނުނިމިހުރި މަސައްކަތާއި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރ (IUL)468-APS/468/2023/74އަށް ޝަރުތުހަމަވާ ބިޑް އެއް ލިބިފައި ނުވާތީ އެ ބިޑް ބާޠިލްކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 14 މެއި 2023 އިން ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

މި ބީލަމާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 15 މެއި 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 15 މެއި 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 16 މެއި 2023 ވާ އަންގާރަ ދުވަހުގެ 11:30 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް ގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862830، 6862829

އީމެއިލް: [email protected]

14 ޝައްވާލް 1444

05 މެއި 2023