ފުވައްމުލަކު ސިޓީ ކައުންސިލްގެ 16 ނަންބަރު ބިން ކުއްޔަށް ދިނުމާއި ގުޅޭ

18 މެއި 2023|(IUL)468-APS/468/2023/155
ރަޖިސްޓަރކުރަންވީ ތާރީޙް: 24 މެއި 2023 (ހެނދުނު 7:0)ބީލަން ހުށަހެޅުން: 30 މެއި 2023 ( 5:0)

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ފުވައްމުލަކު ސިޓީ ކައުންސިލްގެ 16 ނަންބަރު ކުލީ ބިން (އިރުޝާދުގެ ގޯތީގެ ހުޅަނގުން އޮތް ބިން) ކުއްޔަށް ދިނުމާއި ގުޅިގެން ކުރެވުނު ނަންބަރު(IUL)468-APS/468/2023/131އިޢުލާނަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 24 މެއި 2023 12:00ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

ބިމާއި އިމާރާތް ކުއްޔަށް ދޫކުރުމާއި ބެހޭ އެންމެހައި ލިޔެކިޔުންތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 25 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 25 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 30 މެއި 2023 ވާ އަންގާރަ ދުވަހުގެ 10:00ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862830، 6862829

އީމެއިލް: [email protected]

28 ޝައްވާލް 1444

18 މެއި 2023