ފުވައްމުލައް ސިޓީގެ އެކި ހިސާބުތަކުގައި ފޮޓޯ ސްޕޮޓް ތަކެއް ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ޕަބްލިޝްކުރެވުނު ތާރީޚް: 17 ސެޕްޓެމްބަރ 2023
(IUL)468-APS/468/2023/268
ބީލަން ހުށަހެޅުން: 26 ސެޕްޓެމްބަރ 2023(ހެނދުނު 11:00)
މައުލޫމާތު ސާފުކުރުން: 24 ސެޕްޓެމްބަރ 2023(ހެނދުނު 11:30)
ރަޖިސްޓަރކުރަންވީ ތާރީޚް: 21 ސެޕްޓެމްބަރ 2023(މެންދުރު 12:00)

ފުވައްމުލައްސިޓީގެ އެކި ހިސާބުތަކުގައި ފޮޓޯ ސްޕޮޓް ތަކެއް ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ފުވައްމުލަކު ފަތުރުވެރިންނަށް ގަޔާވާ ފޮޓޯ ސްޕޮޓް ތަކެއް ޑިޒައިން އެންޑް ބިލްޑް އުޞޫލުން ނިންމައިދޭނެފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 21 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މި އިދާރާގެ މެއިލް އެޑްރެހަށް، ((procurement@fuvahmulah.gov.mv އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.

ބީލަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 24 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި ކައުންސިލް އިދާރާގެ މީޓިންގް ރޫމްގައެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 25 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 25 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 26 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 10:30ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862830، 6862829

އީމެއިލް: procurement@fuvahmulah.gov.mv

29 ޞަފަރު 1445

14 ސެޕްޓެމްބަރ 2023

ބީލަމާއިގުޅޭ މައުލޫމާތު