ފުވައްމުލަކު ސިޓީ ކައުންސިލްގެ 18 ނަންބަރު ކުލީ ބިން ކުއްޔަށް ދިނުމާއި ގުޅޭ.

12 ސެޕްޓެމްބަރ 2023|(IUL)468-APS/468/2023/263
ރަޖިސްޓަރކުރަންވީ ތާރީޙް: 19 ސެޕްޓެމްބަރ 2023 (ހެނދުނު 7:0)ބީލަން ހުށަހެޅުން: 24 ސެޕްޓެމްބަރ 2023 ( 5:0)

ފުވައްމުލަކު ސިޓީ ކައުންސިލްގެ 18 ވަނަ ނަންބަރު ކުލީ ބިން ( އެމެތީސްޓް ގޯތިއާއި އިންވެ ހުޅަނގުން އޮތް ބިން) ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 19 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހު 12:00ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

ބިމާއި އިމާރާތް ކުއްޔަށް ދޫކުރުމާއި ބެހޭ އެންމެހައި ލިޔެކިޔުންތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 20 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 20 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 24 ސެޕްޓެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 10:00ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.