ކޭބަލް ގްރައުނޑް ވެފައި ހުރި މަގުބައްތިތަކަށް ކޭބަލް އެޅުމާއި ގުޅޭ

28 އޮގަސްޓް 2023|(IUL)468-APS/468/2023/255
ރަޖިސްޓަރކުރަންވީ ތާރީޙް: 2 ސެޕްޓެމްބަރ 2022 (ހެނދުނު 7:0)ބީލަން ހުށަހެޅުން: 4 ސެޕްޓެމްބަރ 2022 (ހެނދުނު 6:0)

ކޭބަލް ގްރައުންޑްވެފައިހުރި މަގުބައްތިތަކަށް ކޭބަލް އެޅުމާއިގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ފުވައްމުލަކު ސިޓީގެ މަގުތަކުގައި ކޭބަލް ގްރައުންޑްވެފައިހުރި މަގުބައްތިތަކަށް ކޮނެ ކޭބަލް އެޅުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 02 ސެޕްޓެމްބަރ 2023 ގެ 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 03 ސެޕްޓެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 03 ސެޕްޓެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 04 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862830، 6862829

އީމެއިލް: [email protected]