އިންޓަރ-ސްކޫލް އެތްލެޓިކްސް މީޓް 2023 އާއި ގުޅިގެން ކެންޓީން/ގާޑިޔާގެ ޚިދުމަތް ދިނުމާއި ގުޅޭ

25 ޖެނުއަރީ 2023|(IUL)468-APS/468/2023/23
ބީލަން ހުށަހެޅުން: 31 ޖެނުއަރީ 2023 ( 5:0)

އިންޓަރ-ސްކޫލް އެތްލެޓިކްސް މީޓް 2023 އާއި ގުޅިގެން ކެންޓީން/ގާޑިޔާގެ ޚިދުމަތް ދިނުމާއި ގުޅޭ؛

މިއިދާރާގެ ނަންބަރ (IUL)468-ESDS/468/2023/3އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ފެބްރުއަރީ 5 އިން 10 އަށް ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތް ކުރިއަށްދާ ވަޤުތު މުބާރާތުގެ ބައިވެރިންނާއި ކުޅިވަރު ބައްލަވަން ވަޑައިގަންނަވާ ފަރާތްތަކަށް ޚާއްސަ ކޮށްގެން ފުވައްމުލަކު ސްޓޭޑިއަމް ތެރޭގައި 3 ފަރާތަކަށް ކެންޓީން ހިންގުމުގެ ފުރުސަތު ދޭގޮތަށް ވަނީ ހުޅުވާލެވިފައެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާއިރު އައިޑީ ކާޑުގެ ކޮޕީ އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހިމަނަންވާނެއެވެ.

ޕްރޮޕޯސަލްގައި އެފަރާތަކުން ގާޑިޔާ ނުވަތަ ކެންޓީނުގައި ވިއްކާނެ ތަކެތީގެ ލިސްޓް އަދި ދުވާލަކަށް ހުށަހަޅާ އަގު ހިމަނަންވާނެއެވެ.

ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ ދުވާލަކަށް 500.00 (ފައްސަތޭކަ) ރުފިޔާ އެވެ.

ކެންޓީން ހިންގުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން އަގު ހުށަހަޅާ 03 ފަރާތަކަށެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 ޖެނުއަރީ 31 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން ލިޔުމަކުން އަގު ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ 6862828 ފޯނަށް ގުޅުއްވުން އެދެމެވެ.

03 ރަޖަބް 1444

25 ޖެނުއަރީ 2023