ކައުންސިލްގެ އެކި ސެކްޝަންތަކަށް ބޭނުންވާ ވާރކިންގް ޔުނިފޯމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ޕަބްލިޝްކުރެވުނު ތާރީޚް: 19 ސެޕްޓެމްބަރ 2023
(IUL)468-APS/468/2023/271
ބީލަން ހުށަހެޅުން: 5 އޮކްޓޯބަރ 2023(ހެނދުނު 10:00)
މައުލޫމާތު ސާފުކުރުން: 3 އޮކްޓޯބަރ 2023(ހެނދުނު 11:00)
ރަޖިސްޓަރކުރަންވީ ތާރީޚް: 26 ސެޕްޓެމްބަރ 2023(މެންދުރު 13:00)

ފުވައްމުލައް ސިޓީ ކައުންސިލްގެ އެކި ސެކްޝަންތަކަށް ބޭނުންވާ ވާރކިންގް ޔުނިފޯމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)468-APS/468/2023/243އިޢުލާނަށް ހުށަހެޅި ބިޑްތައް ބާތިލް ވެފައިވާތީވެ، އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް 26 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން މި އިދާރާގެ (procurement@fuvahmulah.gov.mv) ރިކުއެސްޓްކޮށް ،އެފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލް ކުރެއްވުން އެދެމެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 03 އޮކްޓޯބަރ 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ އަތޮޅުގެ މީޓިންގ ރޫމްގައެވެ.

ބީލަމުގައި ރަޖިސްޓްރީ ވެވޭނީ، ކަނޑައެޅިފައިވާ މުއްދަތުގައި އީމެއިލް ފޮނުވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 05 އޮކްޓޯބަރ 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

ބީލަމާއިގުޅޭ މައުލޫމާތު