އާބަން ޕްލޭނިންގް، ޑިޒައިނިން އެންޑް ކޮންސަލްޓެންސީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

22 ޖުލައި 2024|(IUL)468-APS/468/2024/191
ރަޖިސްޓަރކުރަންވީ ތާރީޙް: 28 ޖުލައި 2024 (ހެނދުނު 7:0)ބީލަން ހުށަހެޅުން: 8 އޮގަސްޓް 2024 (ހެނދުނު 6:0)
މައުލޫމާތު ސާފުކުރުން: 29 ޖުލައި 2024 (ހެނދުނު 6:0)ބިޑް ޑޮކިއުމެންޓް

އާބަން ޕްލޭނިންގް އަދި ޑިޒައިން ޑިވެލޮޕްމެންޓް އެންޑް ކޮންސަލްޓެންސީގެ މަސައްކަތް 01 އަހަރު ދުވަހަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު(IUL)468-APS/468/2024/183 އިޢުލާން ގެ މައުލޫމާތު ޝީޓް އަށް ބަދަލުގެނެވިފައިވާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 28 ޖުލައި 2024 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.

ބީލަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 29 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގް ރޫމްގައެވެ. އޮންލައިންކޮށް ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 30 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 30 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 08 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862830، 6862812

އީމެއިލް: [email protected]