ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ 30އޮފީސް ގޮޑި ހޯދުމާއިގުޅޭ

28 ޖުލައި 2022|(IUL)468-APS/468/2022/189
ރަޖިސްޓަރކުރަންވީ ތާރީޙް: 19 ޖުލައި 2022 (ހެނދުނު 7:0)ބީލަން ހުށަހެޅުން: 20 ޖުލައި 2022 ( 5:0)

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ 30އޮފީސް ގޮޑި ހޯދުމާއިގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ އޮފީސް ގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ލިބިފައިވާ ބިޑްތައް އެސްޓިމޭޓެޑް ބަޖެޓަށް ވުރެ ބޮޑުވާތީ ބިޑްތައް ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 19 ޖުލައި 2022 ގެ 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

މި ބީލަމާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 19 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 19 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 20 ޖުލައި 2022 ވާ ބުދަ ދުވަހުގެ 10:00ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862830، 6862829

އީމެއިލް: [email protected]

05 ذُو ٱلْحِجَّة1443

04 ޖުލައި 2022