ފުވައްމުލައް ބެޑްމިންޓަން ހޯލުގައި އަމިއްލަ ތަކެތީގެ އެގްޒޯސްޓް ހަރުކުރުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެއްކަރުދާސް ކުރެވިފައިވާ އަގުބަލާފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެން.
މަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 12 މާރޗް 2025 ވާ ބުދަ ދުވަހުގެ 10:00 ގައި ފުވައްމުލައް ބެޑްމިންޓަން ހޯލުގައި އޮންނާނެއެވެ. އަގުބަލާފޯމް ބަލައިގަތުން އޮންނާނީ 13 މާރޗް 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައި. މެއިލް ކުރައްވަން ބޭނުންވާ ފަރާތްތަކުން މަސައްކަތުގެ އަގުބަލާ ފޯމް 13 މާރޗް 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލްގެ ޕްރޮކިއުމެންޓް މެއިލް އަށް (procurement@fuvahmulah.gov.mv) މެއިލް ކުރެއްވުން އެދެމެވެ.