ފުވައްމުލަކު ސިޓީ ބެޑްމިންޓަން ހޯލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

16 އޮކްޓޯބަރ 2023|(IUL)468-APS/468/2023/296
ރަޖިސްޓަރކުރަންވީ ތާރީޙް: 24 އޮކްޓޯބަރ 2023 (ހެނދުނު 7:0)ބީލަން ހުށަހެޅުން: 29 އޮކްޓޯބަރ 2023 (ހެނދުނު 6:0)
މައުލޫމާތު ސާފުކުރުން: 25 އޮކްޓޯބަރ 2023 (ހެނދުނު 6:30)ބިޑް ޑޮކިއުމެންޓް

ފުވައްމުލައް ސިޓީ ދޫޑިގަން އަވަށު ބެޑްމިންޓަން ހޯލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު (IUL)468-APS/468/2023/272އަށް ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީވެ އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 24 އޮކްޓޫބަރ 2023 ވާ އަންގާރަ ދުވަހުގެ 12:00 އަށް މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.

ބީލަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 25 އޮކްޓޯބަރ 2023 ވާ ބުދަ ދުވަހުގެ 11:30 ގައި ކައުންސިލް އިދާރާގެ މީޓިންގް ރޫމްގައެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 26 އޮކްޓޫބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 26 އޮކްޓޫބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 29 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހުގެ 11:00ގައި ކައުންސިލް އިދާރާގެ މީޓިންގް ރޫމްގައެވެ.