ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާއަށް އެޗް އާރް ސިސްޓަމް އެއް ހޯދުމާއި ގުޅޭ

23 އޮގަސްޓް 2022|(IUL)468-APS/468/2022/209
ރަޖިސްޓަރކުރަންވީ ތާރީޙް: 7 އޮގަސްޓް 2022 ( 5:0)ބީލަން ހުށަހެޅުން: 14 އޮގަސްޓް 2022 ( 5:0)
މައުލޫމާތު ސާފުކުރުން: 8 އޮގަސްޓް 2022 (ހެނދުނު 6:0)ބިޑް ޑޮކިއުމެންޓް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާއަށް އެޗް އާރް ސިސްޓަމް އެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

ހޯދަން ބޭނުންވާ ތަކެތި / ޚިދުމަތުގެ ތަފްސީލް

300 މުވައްޒަފުންގެ ބޭނުމަށް އެޗް އާރް ސިސްޓަމް

03 އަހަރު ދުވަހުގެ މުއްދަތަށް އެޗް އާރް ސިސްޓަމް މެއިންޓެނަންސް ސަޕޯޓް

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 01 އޯގަސްޓް 2022 އިން 07 އޯގަސްޓް 2022 ގެ 10:00 އަށް މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

ބީލަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 08 އޯގަސްޓް 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި ކައުންސިލްގެ މީޓިންގް ރޫމްގައި ޒޫމް މެދުވެރިކޮށް އޮންލައިން ކޮށެވެ. (ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް ޒޫމް މީޓިންގްގެ ލިންކް ހިއްސާކުރެވިގެންދާނެއެވެ. )

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 10 އޯގަސްޓް 2022 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 10 އޯގަސްޓް 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 14 އޯގަސްޓް 2022 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862830، 6862829

އީމެއިލް: [email protected]

03 މުޙައްރަމް 1444

01 އޯގަސްޓް 2022