އަލްގެދަރު މިސްކިތާއި މަސްޖިދުލްސަފްވާގެ އެންޓެނާ މަރާމާތުކުރުމާއި ގުޅޭ

11 ސެޕްޓެމްބަރ 2024|2024/48
ބީލަން ހުށަހެޅުން: 16 ސެޕްޓެމްބަރ 2024 ( 5:30)
މައުލޫމާތު ސާފުކުރުން: 11 ސެޕްޓެމްބަރ 2024 (ހެނދުނު 6:0)އަގުބަލާ ފޯމް

އަލްގެދަރު މިސްކިތާއި މަސްޖިދުލްސަފްވާގެ އެންޓެނާ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެއްކަރުދާސް ކުރެވިފައިވާ އަގުބަލާފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެން.

މަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 12 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައި އޮންނާނެއެވެ. އަގުބަލާފޯމް ބަލައިގަތުން އޮންނާނީ 16 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ. މެއިލް ކުރައްވަން ބޭނުންވާ ފަރާތްތަކުން މަސައްކަތުގެ އަގުބަލާ ފޯމް 16 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 10:30 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލްގެ ޕްރޮކިއުމެންޓް މެއިލް އަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ.