ކޭބަލް ގްރައުންޑްވެފައިހުރި މަގުބައްތިތަކަށް ކޭބަލް އެޅުމާއި ގުޅޭ

ޕަބްލިޝްކުރެވުނު ތާރީޚް: 12 ސެޕްޓެމްބަރ 2023
(IUL)468-APS/468/2023/264
ބީލަން ހުށަހެޅުން: 24 ސެޕްޓެމްބަރ 2023(ހެނދުނު 11:00)
ރަޖިސްޓަރކުރަންވީ ތާރީޚް: 19 ސެޕްޓެމްބަރ 2023(މެންދުރު 12:00)

ފުވައްމުލަކު ސިޓީގެ މަގުތަކުގައި ކޭބަލް ގްރައުންޑްވެފައިހުރި މަގުބައްތިތަކަށް ކޮނެ ކޭބަލް އެޅުމަށް ކުރެވުނު ނަންބަރު (IUL)468-APS/468/2023/235އިޢުލާނަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 19 ސެޕްޓެމްބަރ 2023 ގެ 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، ((procurement@fuvahmulah.gov.mv އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 20 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 20 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 24 ސެޕްޓެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

ބީލަމާއިގުޅޭ މައުލޫމާތު