މި އިޢުލާންގެ ދަށުން ދޫކުރެވޭ ބިންތަކަކީ ބަނދަރު ސަރަޙައްދުން ޑައިވިންގ ސްކޫލްގެ ބޭނުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކެވެ. ވީމާ ފުވައްމުލަކު ބަނދަރު ސަރަޙައްދުން ދޫކުރެވޭ 1200 އަކަފޫޓްގެ 09 ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ބިޑު ޑޮކިއުމެންޓް ވިއްކައިގެންނެވެ. އެގޮތުން ބިޑް ޑޮކިއުމެންޓެއްގެ އަގަކީ $100.00 (އެއްސަތޭކަ އެމެރިކާ ޑޮލަރ) އެވެ. (IUL)468-APS/468/2024/251 ނަންބަރ އަދި (IUL)468-APS/468/2024/314 ނަންބަރ އިޢުލާން އާއި ގުޅިގެން ބިޑް ގަނެފައިވާ ފަރާތްތަކުން އިތުރަށް ފައިސާ ދައްކާކަށް ނުޖެހޭނެއެވެ.
ބިޑް ހުށަހެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބިޑް ޑޮކިއުމެންޓް ގަނެފައިވާ ފަރާތްތަކަށެވެ.
ބިޑް ޑޮކިއުމެންޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން 10 ފެބްރުވަރީ 2025 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓްގެ މެއިލްއަށް ([email protected]) ބިޑް ގަންނަން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ފަރުދެއްނަމަ ނަމާއި އެޑްރެސް/ ކުންފުންޏެއް ނަމަ ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރި ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 11 އަދި 12 ފެބްރުވަރީ 2025 ގެ ރަސްމީ ގަޑީގައެވެ.
ބީލަމާއި ގުޅޭ މައުލޫމާތު ބައްދަލުވުން 13 ފެބްރުވަރީ 2025 ވާ ބުރާސްފަތި ދުވަހު 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ މީޓީންގް ރޫމް ގައި އޮންނާނެއެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 23 ފެބްރުވަރީ 2025 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ ކުރުނދުމާ މާލަމް ގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް،
ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.
ފޯން: 6862812
އީމެއިލް: [email protected]