އެތްލެޓިކްސް މުބާރަތުގެ ލައިޓް އަދި ސައުންޑް ސެޓްއަޕް ހަދާދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

11 އޮގަސްޓް 2025|(IUL)468-APS/468/2025/218
ރަޖިސްޓަރކުރަންވީ ތާރީޙް: 14 އޮގަސްޓް 2025 (ހެނދުނު 6:0)ބީލަން ހުށަހެޅުން: 20 އޮގަސްޓް 2025 ( 5:0)
މައުލޫމާތު ސާފުކުރުން: 17 އޮގަސްޓް 2025 (ހެނދުނު 6:0)ބިޑް ޑޮކިއުމެންޓް

ނޭޝަނަލް ޖޫނިއަރ އެތްލެޓިކްސް މުބާރަތުގެ ލައިޓް އަދި ސައުންޑް ސެޓްއަޕް ހަދާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 14 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

ބީލަމާއި ގުޅިގެން ބާއްވާ މައުލޫމާތު ބައްދަލުވުން އޮންނާނީ 17 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަސުރުމާ މީޓިންގް ރޫމް (އަތޮޅުގެ މީޓިންގ ރޫމް) ގައެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 18 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 18 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 20 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 10:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަސުރުމާ މީޓިންގް ރޫމް (އަތޮޅުގެ މީޓިންގ ރޫމް) ގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862812

އީމެއިލް: [email protected]