ފުވައްމުލަކު އޮޑެހެ މައިޒާން ކުއްޔަށް ދިނުމާއި ގުޅޭ

ޕަބްލިޝްކުރެވުނު ތާރީޚް: 14 މެއި 2023
(IUL)468-APS/468/2023/137
ބީލަން ހުށަހެޅުން: 23 މެއި 2023(ހެނދުނު 10:00)
ރަޖިސްޓަރކުރަންވީ ތާރީޚް: 18 މެއި 2023(ހެނދުނު 10:00)

ފުވައްމުލަކު އޮޑެހެ މައިޒާން ކުއްޔަށް ދިނުމާއި ގުޅޭ.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ފުވައްމުލަކު އޮޑެހެ މައިޒާން (ފުވައްމުލަކު އޮޑެހެމަގުގެ ހުޅަގުން، ޖަމާލުއްދީން ނައިބުތުއްތުމަގުގެ އިރުން އޮތް ބިން) ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 18 މެއި 2023 ގެ 10:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، ((procurement@fuvahmulah.gov.mv އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން، ވަކިފަރުދެއްނަމަ އައިޑީ ކާޑު ނަންބަރު) މެއިލްކޮށްދެއްވުން އެދެމެވެ.

ބިމާއި އިމާރާތް ކުއްޔަށް ދޫކުރުމާއި ބެހޭ އެންމެހައި ލިޔެކިޔުންތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 21 މެއި 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 21 މެއި 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 23 މެއި 2023 ވާ އަންގާރަ ދުވަހުގެ 10:00ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް،

ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

ފޯން: 6862830، 6862829

އީމެއިލް: procurement@fuvahmulah.gov.mv

24 ޝައްވާލް 1444

14 މެއި 2023

ބީލަމާއިގުޅޭ މައުލޫމާތު