މަސްޖިދުލް ތައުބާގެ ކުރީގެ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ

ޕަބްލިޝްކުރެވުނު ތާރީޚް: 15 ފެބްރުއަރީ 2024
(IUL)468-APS/468/2024/40
ބީލަން ހުށަހެޅުން: 26 ފެބްރުއަރީ 2024(ހެނދުނު 10:00)
މައުލޫމާތު ސާފުކުރުން: 21 ފެބްރުއަރީ 2024(ހެނދުނު 10:30)
ރަޖިސްޓަރކުރަންވީ ތާރީޚް: 20 ފެބްރުއަރީ 2024(މެންދުރު 12:00)

މަސްޖިދުލް ތައުބާގެ ކުރީގެ އިމާރާތް މަރާމާތުގެ ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 20 ފެބްރުވަރީ 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، ((procurement@fuvahmulah.gov.mv އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

ބީލަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 21 ފެބްރުވަރީ 2024 ވާ ބުދަ ދުވަހުގެ 10:30 ގައި މަސްޖިދުލް ތަޢުބާ ގައެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 22 ފެބްރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 22 ފެބްރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 26 ފެބްރުވަރީ 2023 ވާ ހޯމަ ދުވަހުގެ 10:00ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

ބީލަމާއިގުޅޭ މައުލޫމާތު