ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ސްޓްރީޓް ލައިޓް އާއި ގުޅޭ

23 އޮކްޓޯބަރ 2023|(IUL)468-APS/468/2023/303
ރަޖިސްޓަރކުރަންވީ ތާރީޙް: 29 އޮކްޓޯބަރ 2023 (ހެނދުނު 7:0)ބީލަން ހުށަހެޅުން: 1 ނޮވެމްބަރ 2023 ( 5:0)

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ސްޓްރީޓް ލައިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)468-APS/468/2023/291 އިޢުލާން ގެ މައުލޫމާތުކަރުދާހުގައިވާ ސްޕެސިފިކޭޝަން އަށް ބަދަލުއައިސްފާވާތީވެ، އެ އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

ހޯދަން ބޭނުންވާ ތަކެތީގެ ތަފްސީލް

100* ސްޓްރީޓް ލައިޓް (150W)

200* ސްޓްރީޓް ލައިޓް (100W)

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 29 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓުގައި އިޢުލާން ކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 30 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 30 އޮކްޓޯބަރ 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 01 ނޮވެމްބަރ 2023 ވާ ބުދަ ދުވަހުގެ 10:00ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.