މިސްކިތްމަގު ވޮލީ ކޯޓުގެ މަރާމާތުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެއްކަރުދާސް ކުރެވިފައިވާ އަގުބަލާފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެން. ފުރަތަމަ އިޢުލާނަށް އަގުބަލާ ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން މި އިޢުލާނަށް އަލުން އަގުހުށަހަޅާކަށް ނުޖެހޭނެއެވެ.
މަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 16 ޖުލައި 2025 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކިތްމަގު ވޮލީ ކޯޓު ސަރަހައްދުގައި އޮންނާނެއެވެ. އަގުބަލާފޯމް ބަލައިގަތުން އޮންނާނީ 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހު 10:00 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައި. މެއިލް ކުރައްވަން ބޭނުންވާ ފަރާތްތަކުން މަސައްކަތުގެ އަގުބަލާ ފޯމް 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހު 10:00 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލްގެ ޕްރޮކިއުމެންޓް މެއިލް އަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ.