ފެން ބޮޑުވި ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތްފަށައިފި

ފެން ބޮޑުވި ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތްފަށައިފި
28 ސެޕްޓެމްބަރ 2022

މިހާރު ކުރަމުންދާ ވިއްސާރަގައި ބޯކޮށް ވާރޭވެހި ފެން ބޮޑުވި ސަރަހައްދުތަކުން މިއަދު ފެން ހިއްކުމުގެ މަސައްކަތް ކުރަންފަށައިފިއެވެ.

ފެން ހިއްކުމުގެ މަސައްކަތުގައި ސިޓީ ކައުންސިލް އާއި އެމްޓީސީސީ އަދި އެމްއެންޑީއެފް ފަޔަރ ސާވިސްއިން ގުޅިގެން، ފެން ބޮޑުވެފައިވާ ސަރަހައްދުތަކުގައި ޕަމްޕު ބަހައްޓައި ފެން ހިއްކުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ދުއްވާ އެއްޗެއްސަށާއި، ހިނގާބިނގާވެ އުޅުމަށް ދަތިތައް ކުރިމަތިވަމުންދާ ސަރަހައްދުތަކުން ފެން ހިއްކުމަށް ސިފައިންގެ އެހީތެރިކަމަށް އެދުމާއި ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ފުވައްމުލައް ސިޓީ ފަޔަރ ސްޓޭޝަންގެ ސިފައިން އެ ސަރަހައްދުތަކަށް ގޮސް، މިއަދު މެންދުރުން ފެށިގެން ފެން ހިއްކުމުގެ މަސައްކަތުގައިދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މަސައްކަތް ހިނގާނުހިނގާގޮތް ބައްލަވާލެއްވުމަށް މޭޔަރު އިސްމާއިލް ރަފީޤް ވަޑައިގެން، ފެން ހިއްކުމުގައި ދެއްވި އެހީތެރިކަން ފާހަގަކޮށް ސިޓީ ކައުންސިލް ނަމުގައި މުވައްސަސާތަކުގެ ވެރިންނަށާއި މުވައްޒަފުންނަށް ވަރަށް ޚާއްޞަ ޝުކުރެއްވަނީ ދަންނަވާފައެވެ.



ފޮޓޯ ގެލަރީ