ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2024 ފަށައިފި

ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2024 ފަށައިފި
6 ޖޫން 2024

ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2024 އިއްޔެ ފަށައިފިއެވެ.

ފުވައްމުލައް ސިޓީގައި ފަރުދީ ފެންވަރެއްގައި ބެޑްމިންޓަން ކުޅުންތެރިން އުފެއްދުމާއި، ބެޑްމިންޓަން ކުޅޭ ކުޅުންތެރިންގެ ފެންވަރު މަތިކުރުމާއި އެކު ފުވައްމުލައް ސިޓީގައި ބެޑްމިންޓަންގެ މަޤްބޫލްކަން އިތުރުކުރުމާއި، އަދި ފުވައްމުލައް ސިޓީގެ އަވަށްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމާއި ރަށުގެ ރައްޔިތުންގެ އިޖުތިމާޢީ ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ހޯދައި ދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި މުބާރާތް އޮންނާނީ ޖޫން މަހުގެ 5 އިން 9 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ މުބާރާތުގައިފުވައްމުލައް ސިޓީއަށް ނިސްބަތްވާ 3 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ މިސްކިތްމަގު އެންމެންގެ ގުޅުން، މިސްކިތްމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ. މިމުބާރާތް ހިނގަމުންދާނީ ހަތް ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ، ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް، އަންހެން ޑަބަލްސް، ފިރިހެން ޑަބަލްސް، އަންހެން ޑަބަލްސް އަދި މިކްސްޑް ޑަބަލްސްއެވެ.

މި މުބާރާތުގެ ފައިނަލް މިމަހުގެ 9 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 5،6،7 އަދި 9 ވަނަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން ފުވައްމުލައް ސިޓީ އިންޑޯ ބެޑްމިންޓަން ކޯޓުގައެވެ.