ފުވައްމުލައް ސިޓީގައި އެޗް.އާރް.ސީ.އެމް އިން ކުރިއަށް ގެންދިޔަ 2 ޕްރޮގްރާމެއް ނިންމާލައިފި

ފުވައްމުލައް ސިޓީގައި އެޗް.އާރް.ސީ.އެމް އިން ކުރިއަށް ގެންދިޔަ 2 ޕްރޮގްރާމެއް ނިންމާލައިފި
21 މެއި 2023

ފުވަައްމުލައް ސިޓީ ކައުންސިލާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އަދި ޔޫއެންޑީޕީ ގުޅިގެން އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔަ އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމް އަދި ހިއުމަން ރައިޓްސް ޑިފެންޑަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މިކައުންސިލުގެ ކުރުނދުމާ މާލަމުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައިވަނީ މި 2 ޕްރޮގްރާމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް އެކަމުގެ ހަނދާނީ ލިޔުން ދީފައެވެ. އެޗް.އާރް.ސީ.އެމް އިން ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ ހިއުމަން ރައިޓްސް ޑިފެންޑަރސް ޕްރޮގްރާމް ވަނީ 21 ބައިވެރިއަކު ފުރިހަމަކޮށްފައެވެ.

މި ނިމިގެން ދިޔަ ހަފްތާ ތެރޭގައި ފުވައްމުލައް ސިޓީގައި އެޗް.އާރް.ސީ.އެމް އިން ވަނީ އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމުގެ ދަށުން މިސިޓީގެ އެކި ވުޒާރާތަކަށާއި އާންމުންނަށް އަދި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން އިންސާނީ ހައްގުތަކާއި ގުޅޭގޮތުން ޤާނޫނީ ލަފާ ދިނުމާއި ބިދޭސީ މަސައްކަތްތެރިންނަށް މައުލޫމާތު ދިނުމުގެ އިތުރުން ފުވައްމުލަކުގެ އެކި ވިޔަފާރިތަކާއި މުއައްސަސާތައް ގުޅިގެން ވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު އާއިލީ ހަވީރެއް ބާއްވާފައެވެ.

ފޮޓޯ ގެލަރީ