ފުވައްމުލައް ސިޓީ ކައުންސިލް އިން މާސްޓަކާޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ފުވައްމުލައް ސިޓީ ކައުންސިލް އިން މާސްޓަކާޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
24 ނޮވެމްބަރ 2022

ދުނިޔޭގެ ސިޓީތައް ތަރައްގީކޮށް ކުރިއަރުވަން އެހީތެރިވުމަށް މާސްޓަރކާޑުން އެކުލަވާލާފައިވާ "ސިޓީ ޕޮސިބަލް" ނެޓްވޯކުގެ މެންބަރަކަށް ވުމަށް ފުވައްމުލައް ސިޓީކައުންސިލް އިން މާސްޓާކާޑާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. ސިޓީ ޕޮސިބަލް އަކީ 50 ގައުމަކުން 300 އަށް ވުރެ ގިނަ ސިޓީއާއި 600 އަށް ވުރެ ގިނަ ކޮމިއުނިޓީތައް ހިމެނޭ ނެޓްވޯކެކެވެ.

ސިޓީތަކަށް ދެމެހެއްޓެނިވި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ ފުރިހަމަ ގޮތުގައި ގެނައުމަށް މި ނެޓްވޯކުގައި ހިމެނޭ ފަރާތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދެ އެވެ.

"ސިޓީ ޕޮސިބަލް" ނެޓްވާކުގައި ބައިވެރިވުމުން އެހެން ސިޓީތަކުގައި ބޭނުން ކުރަމުން އަންނަ ތަފާތު ސޮލިއުޝަންތަކާ ބެހޭ މައުލޫމާތާއި އެފަދަ ސޮލިއުޝަންތައް މިސިޓީގައި އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރާނެ ގޮތްތައް އެގިގެން ދާނެ އެވެ. އަދި މިސިޓީ ތަރައްގީ ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގައި އެހެން ސިޓީތަކުގެ ތަޖުރިބާ ހޯދާ ދެނެގަތުމަށް ފަސޭހަވެގެން ދާނެއެވެ.



ފޮޓޯ ގެލަރީ