ފުވައްމުލަކުގެ ރައްޔިތުން ކުންޏާއިމެދު ހޭލުންތެރިކުރުވުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފި

ފުވައްމުލަކުގެ ރައްޔިތުން ކުންޏާއިމެދު ހޭލުންތެރިކުރުވުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފި
4 މާރިޗް 2023

ފުވައްމުލައް ސިޓީ ކައުންސިލުން ފުވައްމުލަކުގެ ރައްޔިތުން ކުންޏާއިމެދު ހޭލުންތެރިކުރުވުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާ އެކުލަވާލައިފައިވަނީ ފުވައްމުލައް ސިޓީ ކައުންސިލުގެ އިތުރުން ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ދެމެދުއެވެ.

މިއަދު ފުވައްމުލައް ސިޓީގެ ކުރުނދުމާ މާލަމުގައި ސޮއި ކުރެވުނު މި ފަހުމުނާމާ އަކީ ފުވައްމުލައް ސިޓީ ކައުންސިލްއާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ފުވައްމުލައް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ވެމްކޯ އާއި ދެމެދު ކުނި މެނޭޖްކުރުމާއި ގުޅޭގޮތުން ޢާއްމު ރައްޔިތުން ހޭލުންތެރިކުރުވުމާއި މިކަމަށް ހޭނުމަށް ފުވައްމުލައް ސިޓީގެ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަން ހޯދުމަށް އެކުލަވާލެވޭ ފަހުމުނާމާއެކެވެ.

މިފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ ކުނި މެނޭޖްކުރުމުގައި ކުނި އުފައްދާ ފަރާތްތަކުން، ކުނި ވަކިކުރުމުގައި ޢަމަލުކުރަންވީ ގޮތްތަކަށް އަހުލުވެރިކުރުވުމެވެ. އަދި ފަހުމުނާމާގެ މަޤްޞަދު ހާސިލުކުރުމުގެ ބޭނުމަށް، މި އަހުލުވެރިކުރުމުގެ ޕްރޮގްރާމް ތަންފީޛުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމުގައި، 'ފަސްގަނޑު ކެމްޕޭން' އާއި 'ޕްލާސްޓިކާ ނުލައި ކެމްޕޭން' ގެ ދަށުން ކުނި ބައިބަޔަށް ވަކިކުރުމުގެ ކެމްޕޭން ތަންފީޛުކުރެވިގެންދާނެއެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީއަކި ކުނީގެ މައްސަލައިން އެއްކިބާވެފައިވާ ސާފުތަނަކަށް ހެދުމާއި މިސިޓީގެ 'ވޭސްޓު-ޓު-އެނާރގީ' ފެސިލިޓީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ފުވައްމުލައް ސިޓީގެ ރައްޔިތުންނާއި ހިއްސާކުރުމާއި ފުވައްމުލަކަށް ދިމާވާ ކުނީގެ މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކުރުވުން މު ފަހުމުނާމާގެ މަގުސަދު ތެރޭގައި ހިމެނެއެވެ. އަދި އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ފޭސްއައުޓް ޕްލޭނަށް އާއްމުން ހޭލުންތެރިކުރުވުމާއި ކުނި އުފައްދާ ފަރާތްތަކުން ކުންޏާއި މެދު އަހުލުވެރިކުރުވުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުން މިފަހުމުނާމާގެ މަގުސަދުތެރޭގައި ހިމެނެއެެވެ.

ފޮޓޯ ގެލަރީ