މިއަހަރުގެ ރޯދަމަހު ހަފްތާއަކު 4 ދުވަހު ފުވައްމުލަކުގެ 4 މިސްކިތެއްގައި ދީނީ ދަރުސް ދޭނެ

މިއަހަރުގެ ރޯދަމަހު ހަފްތާއަކު 4 ދުވަހު ފުވައްމުލަކުގެ 4 މިސްކިތެއްގައި ދީނީ ދަރުސް ދޭނެ
26 މާރިޗް 2023

1444 ވަނަ އަހަރުގެ ރަމަޟާން މަހު ފުވައްމުލަކުގެ 4 މިސްކިތެއްގައި ހަފްތާއަކު 4 ދުވަހު ދީނީ ދަރުސް ކުރިއަށް ގެންދާނެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލާއި ޒިކުރާ ކޮލެޖް ގުޅިގެން ރަމަޟާން މަހު މިސްކިތްތަކުގައި ބާއްވާ މި ދަރުސް ޕްރޮގްރާމު އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު، އާދީއްތަ، އަންގާރަ އަދި ބުދަ ދުވަހު އެވެ. އަދި ދަރުސް ދެއްވާނީ އައްޝައިޚް މުޙައްމަދު ސިނާން އެވެ.

މަތީގައި ދެންނެވުނު ދުވަސްތަކުގައި ދީނީ ދަރުސް ޕްރޮގްރާމް ކުރިއަށްދާނީ އަސްރު ނަމާދުގެ ފަހުންނެވެ. ދަރުސް ދިނުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީ އެވެ.

ހޮނިހިރު: މަސްޖިދުލް އުއްމުލްޤުރާ

އާދީއްތަ: މަސްޖިދުލް ހިދާޔާ

އަންގާރަ: ޒިކުރާ ވަގުތީ މިސްކިތް

ބުދަ: މަސްޖިދުލް ފަލާޙް

ދީނީ ދަރުސް ޕްރޮގްރާމަކީ ފާއިތުވި ރަމަޟާން މަސްތަކުގައިވެސް ފުވައްމުލައް ސިޓީ ކައުންސިލުން އިސްނަގައިގެން ފުވައްމުލަކުގެ އެކި މިސްކިތް ތަކުގައި ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.