ގަހަނާ ހެދުމަށާއި ޑިޒައިން ކުރަން ދަސްކޮށްދިން ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ގަހަނާ ހެދުމަށާއި ޑިޒައިން ކުރަން ދަސްކޮށްދިން ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
8 އޮކްޓޯބަރ 2023

މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ފުވައްމުލަކުގެ ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޖުވެލަރީ ޑިޒައިނިންގ އެންޑް މެނުފެކްޗަރިންގް ކޯސް ނިންމި ބައިވެރިންނަށް އެކަމުގެ ހަނދާނީ ލިޔުންދީފިއެވެ.

ފުވައްމުލަކުގައި ގަހަނާ ހަދަން ދަސްކޮށްދިނުމާއި ޑިޒައިން ކުރުމުގެ ހުނަރު ދަސްކޮށްދިނުމާއި މިފަދަ މަސައްކަތްކުރާ ފަރާތްތަކަށް ފަހިފުރުސަތުތައް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މިކޯސް ޖުމްލަ 12 ބައިވެރިއަކު ވަނީ އެއްކޮށް ފުރިހަމަކޮށްފައެވެ.

4 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަމި ކޯސް ފުރިހަމަކުރި ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެޕްރޫވް ކުރެވި ލެވެލް 3 ގެ ސެޓްފިކެޓެއް ވަނީ ދީފައެވެ.

ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގައި މުޅިން ހިލޭ ކުރިއަށް ގެންދިޔަ މިކޯސް އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުވުމުން ބައިވެރިވުމަށް ޖުމުލަ 34 ފަރާތަކުންވަނީ ނަންނޯޓުކޮށްފައެވެ. މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އިން ކިޔަވައިދިން މިކޯހުގެ 'ތިއަރީ' ބައި އޮންލައިންކޮށް ކުރިއަށް ގެންދިއަ ކަމުގައިވީ ނަމަވެސް ކޯހުގެ އަމަލީ ބައި ކުރިއަށް ގެންގޮސްފައިވަނީ ފުވައްމުލައް ސިޓީގައެވެ.

ފޮޓޯ ގެލަރީ