އެލް މޯބައިލް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2024 ރޭ ފަށައިފި

އެލް މޯބައިލް ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2024 ރޭ ފަށައިފި
7 ޖުލައި 2024


ފުވައްމުލައް ސިޓީގެ އަވަށްތަކުގެ ޒުވާނުންނަށް ހުޅުވާލައިގެން ފުވައްމުލައް ސިޓީ ކައުންސިލް އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2024 ރޭ ފަށައިފިއެވެ.


ފުވައްމުލައް ސިޓީގެ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ރޫޚު އާލާކޮށް ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމަށާއި ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައި ދިނުމުގެ މަޤުސަދުގައި ފުވައްމުލައް ސިޓީ ކައުންސިލުން ރާވައިގެން ހިންގާ މިމުބާރާތުގައި މިއަހަރު ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތައް:
1. ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ޑީއެސްއާރްސީ)
2. ޑީއެސްއާރްސީ ޑެލްޓާސް
3. ޑީއެސްއާރްސީ ޔުނައިޓެޑް
4. ހޯދަޑު ސްޕޯޓްސް ކްލަބް
5. ހޯދަޑު ސްޕޯޓްސް ކްލަބް އެކެޑަމީ
6. އެކުވެރި ހޯދަޑު
7. މާލިންސް ސްޕޯޓްސް ކްލަބް
8. ޔުނައިޓެޑް ދިގުވާނޑޮ
9. ސައުތު ސައިޑް ސްޕޯޓްސް ކްލަބް
10. މާލެގަން ސްޕޯޓްސް ކްލަބް
11. ދޫނޑިގަލޯނާ ސްޕޯޓްސް ކްލަބް
12. ދޫނޑިގަލޯނާ ސްޕޯޓްސް ކްލަބް ޖޫނިއަރ
13. ފުވައްމުލައް ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ)

މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި 6 އިން ޖުލައި 18ގެ ނިޔަލަށެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ރެއަކުވެސް 3 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ހުރިހާ މެޗެއްގެވެސް ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނި މިސްކިތްމަގު ފުޓްސަލް ދަނޑުގައި ރޭގަނޑު 20:00 އިން ފެށިގެންނެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ އެލް މޯބައިލްއެވެ. އޮފިޝަލް ކިޓް ޖޯޒީ އެމްވީ އިން ސްޕޮންސަރކޮށްފައިވާއިރު ބޭންކިންގ ޕާޓްނަރ އަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. މިމުބާރާތުގެ ހުރިހާ މެޗެއްވެސް ފުވައްމުލައް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖްއިން ވަގުތުން ދުރަށް ދެއްކުމަށްވަނީ ހަމަޖެހިފައެވެ.