ފުވައްމުލައް ސިޓީގައި 400 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫއުގައި ސޮއިކޮށްފި

ފުވައްމުލައް ސިޓީގައި 400 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫއުގައި ސޮއިކޮށްފި
8 އޮގަސްޓް 2023

ޑިޒައިން އެންޑް ބިޑް އުސޫލުން ފުވައްމުލައް ސިޓީގައި 400 ޔުނިޓް ފްލެޓް އެޅުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ އާއި ޕީޓީ، ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތު ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑުއާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ އެއްހާސް އަކަފޫޓުގެ 400 ފްލެޓެވެ. ފްލެޓެއްގައި ހިމެނެނީ 3 ކޮޓަރި، 3 ފާހަނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯރޫމެކެވެ. މި ހައުސިންގ ޔުނިޓްތައް 11 ބުރިއަށް އިމާރަތްކުރެވިގެންދާއިރު ގްރައުންޑް ފްލޯރ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރިތަކަށާއި މެއިންޓެނެންސް އޮފީސް އަދި ފްލެޓުގެ ކޮންމެ އެޕާޓުމެންޓަކަށް ހާއްސަ ޕާކިންގް ލޮޓުތަކެއް ހެދިގެންދާނެއެވެ. މިމަޝްރޫއަށް 469،787،688،000 ދިވެހި ރުފިޔާ ބަޖެޓުން ކަނޑައަޅައިފައިވާއިރު މަސައްކަތުގެ މުއްދަތަކީ 540 ދުވަހެވެ.

މިއެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވައިފައިވަނީ ހައުސިންގ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙުމަދު ވިޝާން ނަސީމެވެ. އަދި ޕީޓީ، ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތު ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެކުންފުނީގެ ޕްރޮޖެކްޓްސް މެނޭޖިން ޑިރެކްޓަރ އަލްފާޟިލް ނަޖާހު ޝަރީފެވެ.

ފޮޓޯ ގެލަރީ