މަސްމާރުކޭޓު އަޕްގްރޭޑުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މަސްމާރުކޭޓު  އަޕްގްރޭޑުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި
18 ޖުލައި 2023

މި ސިޓީގެ މަސްމާރުކޭޓު އަޕްގްރޭޑުކުރުމުގެ މަޝްރޫއުގައި ފުވައްމުލަކު ސިޓީ ކައުންސިލާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިއީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 69 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ 2023 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުރިޔަށްގެންދިއުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ތެރެއިން މިސިޓީގެ ކައުންސިލަށް ކޮންޑިޝަނަލް ގްރާންޓް ދޫކުރުމަށް ސޮއި ކުރެވުނު އެއްބަސްވުމެކެވެ.

އެގޮތުން މި އެއްބަސްވުމުގެ މުއްދަތަކީ މި އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން މަޝްރޫއުގެ މަސައްކަތް ނިންމާ ރިޓެންޝަން ފައިސާ ދެއްކުމާއި ހަމައަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން މި މަޝްރޫއަށް މިއަހަރަށް ހަމަޖެހިފައި ވަނީ -/500،000ރ (ފަސްލައްކަ) ރުފިޔާގެ ގްރާންޓެކެވެ.

މި އެއްބަސްވުމުގައި ފުވައްމުލަކު ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ މިސިޓީގެ މޭޔަރ އިސްމާއިލް ރަފީގެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހިންގުމާ ހަވާލުވެ ހުންނެވި ޑިރެކްޓަރ ޖެނެރަލް ޝަންމޫން އާދަމެވެ.