ސިއްހަތާ ބެހޭ ވަޒީރު ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފި

ސިއްހަތާ ބެހޭ ވަޒީރު ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފި
25 ފެބްރުއަރީ 2023

ދިވެހިރާއްޖޭގެ ސިއްހަތާބެހޭ ވަޒީރު އަހުމަދު ނަސީމް ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ފުވައްމުލައް ސިޓީ ކައުންސިލުގައެވެ.

މި ބައްދަލުވުމުގައި ފުވައްމުލަކު ހޮސްޕިޓަލުގައި މިހާރު ލިބެން ހުރި ހިދުމަތްތަކާއި އަދި އަލަށް ތައާރަފުކުރުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ އަދާހަމަ ދިވެހިރާއްޖޭގެ ސިއްހީ ވުޒާރާގެ އިސްވެރިން ވަނީ ފުވައްމުލައް ސިޓީ ކައުންސިލާއި ހިއްސާކުރައްވާފައެވެ. މީގެއިތުރުން ފުވައްމުލައް ސިޓީ ހޮސްޕިޓަލުގައި މިހާރު ލިބެންހުރި ހިދުމަތްތަކުގެ ތެރެއިން އިތުރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ އަދާހަމަވެސް ވަނީ ފުވައްމުލައް ސިޓީ ކައުންސިލުގެ އިސްވެރިންނާއި ހިއްސާ ކުރައްވާފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލާއި ސިއްހީ ވުޒާރާގެ އިސްވެރިންނާއި ބޭއްވުނު މިބައްދަލުވުމުގައި ދެފަރާތުން ވެސް ސިއްހީ ދާއިރާއާއި ގުޅުން ހުރި ކަންބޮޑުވުން ތަކާއި ސުވާލުތަކަށް މިބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން މިބައްދަލުވުމުގައި ވަނީ ފުވައްމުލަކު ރައްޔިތުންގެ މެދުގައި ސިއްހީ ދާއިރާއާއި ގުޅުން ހުރި ޝަކުވާތައް މިނިސްޓަރާއި ހިއްސާ ކުރައްވާފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުގެ އިސްވެރިންގެ އިތުރުން މި ބައްދަލުވުމުގައި ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ މުހައްމަދު ލިރާރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފޮޓޯ ގެލަރީ