ފުވައްމުލައް ސިޓީގައި އިންސާނީ ހައްގުތަކާއި ގުޅޭ 2 ޕްރޮގްރާމެއް އިފްތިތާޙް ކޮށްފި

ފުވައްމުލައް ސިޓީގައި އިންސާނީ ހައްގުތަކާއި ގުޅޭ 2 ޕްރޮގްރާމެއް އިފްތިތާޙް ކޮށްފި
16 މެއި 2023

ފުވަައްމުލައް ސިޓީ ކައުންސިލާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އަދި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ އިންސާނީ ހައްޤުތަކާއި ގުޅުންހުރި 2 ޕްރޮގްރާމެއް އިފްތިތާހް ކޮށްފިއެވެ.

ރޭ ހާފިޒް އަހުމަދު ސްކޫލުގައި ބޭއްވުނު ރަސްމިއްޔާތުގައި އިފްތިތާހް ކޮށްފައިވަނީ އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމް އަދި ހިއުމަން ރައިޓްސް ޑިފެންޑަރސް ޕްރޮގްރާމެވެ. އޮސްޓްރޭލިއަން އެއިޑްގެ އެހީތެރިކަމާއި އެކު ކުރިއަށް ގެންދާ މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމަކީ އިންސާނީ ހައްގުތަކުގެ ސަގާފަތެއް މުޖުތަމައުގައި އަށަގެންނެވުމަށް އެކި ޓާގެޓް ގްރޫޕްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެކެވެ. އަދި ހިއުމަން ރައިޓްސް ޑިފެންޑަރސް ޕްރޮގްރާމަކީ ފުވައްމުލަކުގައި އިންސާނީ ޙައްޤުތަކަށް ހޭލުންރިވެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތް ކުރާނެ ފަރާތްތަކެއް ބިނާކުރުމަށް ތަމްރީނުކުރެވިގެންދާ ޕްރޮގްރާމެކެވެ.

މި ދެ ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައި މަސައްކަތް ކުރާ ފަރާތްތަކާ ބައްދަލުކޮށް އިންސާނީ ޙައްޤުތަކުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރުމާއި ޓްރެއިނިންގް ޕްރޮގްރާމްތަކުގެ އިތުރުން ހޭލުންތެރިކަމުގެ ސެޝަންތަކާއި އިންސާނީ ހައްޤުތަކާއި ގުޅޭ ފެއަރ އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފޮޓޯ ގެލަރީ