ކަނދޮވަލި މަގުގެ ބައެއްގައި ވަގުތީ ތާރު ލޭޔަރ އެއް އެޅުމާއި ގުޅޭ

ކަނދޮވަލި މަގުގެ ބައެއްގައި ވަގުތީ ތާރު ލޭޔަރ އެއް އެޅުމާއި ގުޅޭ
24 ސެޕްޓެމްބަރ 2023

ނޫސް ބަޔާން

ކަނދޮވަލި މަގުގެ ބައެއްގައި ވަގުތީ ތާރު ލޭޔަރ އެއް އެޅުމާއި ގުޅޭ

ފުވައްމުލަކުގެ އެތެރޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތުގެ ތެރެއިން މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މަގުތަކަކީ ރައްޔިތުންނަށް އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށްޓަކައި ކަނދޮވަލި މަގުގެ ހުސްނުހީނާމަގާއި ފުނަމާމަގާއި ދެމެދު ފުޅާކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ. އަދި މަގު ފުޅާކުރުމަށްޓަކައި އެސަރަހައްދުން ނަގަންޖެހޭ ދެ ގޯތީގެ ބައެއް ނެގުމުގެ މަސައްކަތް (އައިލެންޑް ވިލާ އާއި ރިޔާޒް ގޯތި) ކޯޓް މަރުހަލާ ގައި ވާތީވެ، މަގު ފުޅާ ކުރުމާއި ގުޅޭގޮތުން ގޮތެއް ނިމިފައިނުވާތީ، މިމަގުގައި މިހާރު އަޅަމުންދަނީ ވަގުތީ ތާރު ލޭޔަރއެކެވެ. މިމައްސަލަޔަކީ ކޯޓުން ބޭރާއި އަދި ކޯޓް ނިޒާމްގެ ތެރެއިން ހައްލުކުރަން ވަރަށް ގިނަ ދުވަސްވެގެން ގޮސްފައިވާ މައްސަލައެކެވެ. އެހެންކަމުން އަދިވެސް އިތުރަށް ވަގުތު ނަގާނެކަމަށް ބެލެވޭތީވެ، ވަގުތީ ތާރު ލޭޔަރ އެއް އަޅަންޖެހުނީ މަގުގެ ބޭނުންކުރާ މީހުންނަށް ފަސޭހައަކަށާއި އަދި މިމަގުގައި ތާރު ނާޅައިފިނަމަ ރަށުގައި ޤާއިމުކޮށްފައިވާ ސްޓޯމް ވޯޓަރ ސިސްޓަމްތެރެއަށް ވެލި އެޅި ސިސްޓަމަށް މައްސަލަ ދިމާވެދާނެތީއެވެ. އެހެންކަމުން މަގު ފުޅާކުރުމުގެ މައްސަލަ ނިމުމުން ވަގުތީ ތާރުގަނޑު ނަގާ އަލުން މަގުގައި އޭބީސީ އަޅައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ވާހަކަ ދަންނަވަމެވެ.