އެމްޓީސީސީގެ މުވައްޒަފުންނަށް ކައުންސިލުން ހަވީރު ސައި ތައްޔާރުކޮށް ދެއްވައިފި

 އެމްޓީސީސީގެ މުވައްޒަފުންނަށް ކައުންސިލުން ހަވީރު ސައި ތައްޔާރުކޮށް ދެއްވައިފި
18 ސެޕްޓެމްބަރ 2022

މި ސިޓީގެ އެތެރޭގެ މަގު ހެދުމުގެ ޕޮރްޖެކްޓްގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރާ އެމްޓީސީސީގެ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން މިކައުންސިލްގެ މުވައްޒަފުންގެ ފަރާތުން ހަވީރުގެ ސައި ތައްޔާރުކޮށް ދެއްވައިފިއެވެ.

އެތެރޭގެ މަގު ހެދުމުގެ ޕޮރްޖެކްޓްއަށް މުޅި ޖުމްލަ 177,751,284.00 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައި، 27،450 އަކަ މީޓަރުގެ ސަރަޙައްދުގެ ދުވާރު ހަދައި، މަގުމަތީ ނިޝާން ހަރުކޮށް، މަގުބައްތި ޖަހައި، 19،940 މީޓަރުގެ ސަރަޙައްދެއްގައި ސްޓޯމްވޯޓަރ ޑްރެއިނޭޖް(ފެންހިންދާ ނިޒާމް) ޤާއިމުކުރެވި، ޒަމާނީ ފެންވަރުގެ 37 މަގެއް، 25 އޮގަސްޓު 2023ގެ ނިޔަލަށް ތަރައްޤީކުރާނެއެވެ.

ފޮޓޯ ގެލަރީ