މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފި

 މިނިސްޓަރ  ޑރ. ހުސައިން ރަޝީދު ހަސަން ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފި
18 ސެޕްޓެމްބަރ 2022

ފުވައްމުލައް ސިޓީ ކައުންސިލާއި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސެސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުމުގައި ފުވައްމުލައް ސިޓީ ސަރަހައްދުގައި ހަރުކޮށްފައިވާ ކަނދުފަތި ތަކުގެ ތެރެއިން ކަނޑައިގެން ގޮސްފައިވާ އޮއިވާލި ކަނދުފަތިތަކާގުޅޭ މައުލޫމާތު ހިއްޞާކުރެވުނެވެ. މީގެ އިތުރުން އިތުރަށް ބޭނުންވާ އޮއިވާލި ކަނދުދުފަތި ހަރުކުރުމާއިގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން އަލަގަހުގެ ފަތްތައް ހަލާކުކޮށްލާ ބައްޔެއް ކަމުގައިވާ ޓާރޯލީފް ބްލައިޓް ބަލި ފުވައްމުލައް ސިޓީގެ އަލައޮޅުތަކުގައި ފެތުރި ބޮޑެތި ގެއްލުން ތަކެއް ވަމުންދާތީ އެކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން މި ބައްޔަށް ހޭނިފައިވާ (ރެސިސްޓެންޓް) މުޑުވައް ފުވައްމުލައް ސިޓީގައި ރިސާރޗް ކުރުމުގެ މަސައްކަތާއިގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.

މި މައްސައްކަތް މިއަދު ފެށިގެންދާނެކަން ފާހަގަކުރައްވަމުން ކުރިއަށްއޮތްތަނުގައިވެސް މިަފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ފުވައްމުލައް ސިޓީކައުންސިލާއެކު ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް އުއްމީދުކުރައްވާކަމުގައި ފުވައްމުލައް ސިޓީ މޭޔަރު އިސްމާއިލް ރަފީޤްގެ ޥަހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤް އާއި ބައެއް ކައުންސިލަރުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސެސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަންއާއެކު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފޮޓޯ ގެލަރީ