މަސްޖިދުއް ހުދާ ހުޅުވައިފި

މަސްޖިދުއް ހުދާ ހުޅުވައިފި
7 މާރިޗް 2024

އެއް ފަހަރާއި ގިނަ އަދަދެއްގެ ބަޔަކަށް ނަމާދު ކުރެވޭ ގޮތަށް ދެ ފަންގިފިލާއަށް އިމާރާތްކޮށް މަސްޖިދުއް ހުދާ ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

އެގޮތުން މިސްކިތް ހުޅުވުމަށް މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި މިސްކިތް ރަސްމީކޮށް ހުޅުވައި ދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު އަދި މިސްކިތްތަކާއި ބެހޭ ޤައުމީ މަޖިލީހުގެ ރައީސް ޝައިޚް މުޙައްމަދު ލަތީފް އާއި ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީޤްއެވެ.

މިމިސްކިތަކީ ޖާގައިގެ ގޮތުން ކުޑަ މިސްކިތަކަށް ވުމުން މިސްކިތް އަލުން އިމާރާތް ކުރުމަށް ނިންމައި މިސްކިތުގެ އަމަލީ މަސައްކަތް ފަށާއި ވަނީ 2021 ވަނަ އަހަރެވެ. އެގޮތުން 'އަ މޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް' އާއި ހަވާލުކުރެވިގެން ކުރިއަށް ގެންދެވުނު މި މަޝްރޫއަށް ޖުމްލަ 11،644،331 ދިވެހި ރުފިޔާ ވަނީ ހަރަދުކުރެވިފައެވެ. 7715 އަކަފޫޓު ހަރިންމައިގެ ބޮޑު މިނުގައި ހިމެނޭ މި މިސްކިތުގެ ނަމާދުކުރާ ބައިގެ ބޮޑު މިނަކީ 6900 އަކަފޫޓެވެ.