ފުވައްމުލަކު ފަންނުތައް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ކޮންސެޕްޓް ޑިޒައިން ކުރާނެ ފަރާތެއް ހޯދަނީ

ފުވައްމުލަކު ފަންނުތައް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ކޮންސެޕްޓް ޑިޒައިން ކުރާނެ ފަރާތެއް ހޯދަނީ
11 މެއި 2023

ފުވައްމުލަކުގެ ފަންނުތައް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ކޮންސެޕްޓް ޑިޒައިން ކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ބީލަން ހުށައެޅުމަށް ބޭނުވެ ޝަރުތު ހަމަވާ ފަރާތްތަކުން މި މަހުގެ 15ވާ ހޯމަ ދުވަހުގެ 10:00ގެ ކުރިން މި ކައުންސިލުގެ އީމެއިލް އެޑްރެސް ([email protected]) އަށް މެއިލް ކުރުމަށެވެ. އެގޮތުން އީމެއިލް ކުރާއިރު އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް، ފޯން ނަންބަރު، އީމެއިލް އެޑްރެސް އަދި ފުރިހަމަ ނަން) މެއިލްގައި ހިމެނުމަށްވެސް މި އިދާރާއިން ކުރި އީމެއިލްގައި ވަނީ ބުނެފައެވެ.

މިކައުންސިލުން ނެރުނު އިއުލާނުގައި އިތުރަށް ބުނެފައިވާ ގޮތުން ބީލަމާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 16 މެއި 2023 ވާ އަންގާރަ ދުވަހުގެ 11:00ގައި މިކައުންސިލުގެ އަތޮޅުގެ މީޓިންގް ރޫމުގައެވެ. އަދި އޮންލައިންކޮށް ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުންވެސް ކައުންސިލުގެ އީމެއިލް އެޑްރެހަށް އެކަން އެންގުމަށް އީމެއިލް ކުރުމަށްވެސް ކައުންސިލުން ނެރުނު އިޢުލާނުގައިވަނީ ބުނެފައެވެ.

މީގެ އިތުރުން ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 17 މެއި 2023 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން އީމެއިލް ކުރުމަށްވެސް އެ އިޢުލާނުގައިވަނީ ބުނެފައެވެ. އިތުރަށް އިޢުލާނުގައި ބުނެފައިވަނީ ފޮނުވޭ ސުވާލްތަކަށް އެފަރާތްތަކަށް 17 މެއި 2023ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ޖަވާބު ފޮނުވޭނެ ކަމަށެވެ.

ފުވައްމުލަކުގެ ފަންނުތައް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ކޮންސެޕްޓް ޑިޒައިން ކުރުމުގެ ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 21 މެއި 2023ވާ އާދީއްތަ ދުވަހުގެ 09:00ގައި ފުވައްމުލައް ސިޓީ ކައުންސިލުގެ އަތޮޅުގެ މީޓިންގް ރޫމް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގައެވެ.