ކޮމްޕޯސްޓިންގ މެޝިން ފޯރުކޮށްދިނުމަށް ޖަޕާނުގެ އެމްބަސީއާއި ކައުންސިލާއި ދެމެދު ސޮއިކޮށްފި

ކޮމްޕޯސްޓިންގ މެޝިން ފޯރުކޮށްދިނުމަށް ޖަޕާނުގެ އެމްބަސީއާއި ކައުންސިލާއި ދެމެދު ސޮއިކޮށްފި
24 އޮގަސްޓް 2023

ކޮމްޕޯސްޓިންގ މެޝިން ފޯރުކޮށްދިނުމަށް ޖަޕާނުގެ އެމްބަސީއާއި ފުވައްމުލައް ސިޓީ ކައުންސިލާ ދެމެދު ގްރާންޓް ކޮންޓްރެކްޓެއްގައި ސޮއިކޮށްފިއެވެ.

އެގޮތުން މި ގްރާންޓް އެހީގެ ދަށުން ދިވެހިރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ ފަރާތުން މިކައުންސިލަށް ދިނުމަށް ހަމަޖެހިފައިވަނީ 1648253.60 (އެއްމިލިއަން ހަ ލައްކަ ސާޅީސް އަށްހާސް ދުއިސައްތަ ފަންސާސް ތިން ރުފިޔާ ފަސްދޮޅަސް ލާރި) ދިވެހި ރުފިޔާއެވެ. މި ގްރާންޓް އެހީގެ ދަށުން މިސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަކީ 1 ޓަނުގެ ޖަރާސީމީ ކުނި (ކާނާއާއި ބަގީޗާގެ ކުނި) ޕްރޮސެސްކުރެވޭނެ އިންޑަސްޓްރިއަލް ކޮމްޕޯސްޓިންގ މެޝިނެއް ގަތުމެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގައި މިއަދު ކުރިއަށް ގެންދިޔަ ސޮއި ކުރުމުގެ ރަސްމިއްޔާތުގައި, މިއެއްބަސްވުމުގައި ޖަޕާން އެމްބަސީގެ ފަރާތުން ސޮއިކުރައްވައިފައިވަނީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ 'އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝިއަރީ އެމްބެސެޑަރ' ތަކޫޗީ މިޑޯރީއެވެ. އަދިފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މިސިޓީގެ މޭޔަރ އިސްމާއިލް ރަފީގެވެ.


ފޮޓޯ ގެލަރީ