ހޯދަޑު އަވަށުގެ ފުޓްބޯޅަދަނޑުގެ ލައިޓިންގް ސިސްޓަމް ހަރުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހޯދަޑު އަވަށުގެ ފުޓްބޯޅަދަނޑުގެ ލައިޓިންގް ސިސްޓަމް ހަރުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
21 ޖޫން 2023

ފުވައްމުލަކު ހޯދަޑު އަވަށުގެ ފުޓްބޯޅަދަނޑުގެ ލައިޓިންގް ސިސްޓަމް ހަރުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއާއި ތިހުނާން އިންވެސްޓްމަންޓް އާއި ދެމެދު މިއަދު ސޮއިކޮށްފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގައި މިއަދު ސޮއިކުރުމަށް ބޭއްވުނު ބައްދަލުވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރައްވައިފައިވަނީ ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއިލް ރަފީގެވެ. އަދި ތިހުނާން އިންވެސްޓްމަންޓްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ފަރާތުން މުޙައްމަދު މުފީދު އެވެ.

މިއެއްބަސްވުމުގެ މުއްދަތަކީ ދެފަރާތުން ސޮއިކުރާ ތާރީޚުން ފެށިގެން 44 (ސާޅީސް ހަތަރު) ދުވަހެވެ. މި މުއްދަތުގެ ތެރޭގައި މަސައްކަތުގެ ކުރެހުމާއި، އަންދާސީ ހިސާބާއި، މަސައްކަތުގެ ތަފްޞީލާއި އެއްގޮތަށް ހުރިހާ މަސައްކަތެއް ނިންމަންވާނެއެވެ.

ފޮޓޯ ގެލަރީ