ޤުރުއާނާއި ސައިންސް ފޯރަމް 1444 މިރޭ ފަށަނީ

ޤުރުއާނާއި ސައިންސް ފޯރަމް 1444 މިރޭ ފަށަނީ
26 މާރިޗް 2023

1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޤުރުއާނާއި ސައިންސް ފޯރަމް މިރޭ 21:30 ގައި ފެށޭނެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ފުވައްމުލަކުގައި ހުންނަ ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ފޯރަމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި ޖެއްސުމާއި ދީނަށް އަހުލުވެރިކުރުވުމެވެ. އެގޮތުން 6 ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ މި ފޯރަމުގައި ކޮންމެ ސްކޫލެއްގެ ދަރިވަރުންވެސް ޤުރުއާނުގައި ފެންނަން ހުރި ސައިންސުގެ ހެކިތަކާއި ގުޅުން ހުރި މައުލޫމާތު ތަކަށް ވާހަކަ ދައްކާނެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލާއި ފުވައްމުލައް ސިޓީގެ ސްކޫލްތައް ގުޅިގެން ބާއްވަމުން ގެންދާ މިސިލްސިލާ ޕްރޮގްރާމްގައި މިއަހަރު 6 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އެއީ ޏ.އަތޮޅު ތައުލީމީ މަރުކަޒު، ބްރައިޓްވޭ އިންޓަރނޭޝަނަލް ފުވައްމުލައް ސްކޫލް، މުހައްމަދު ޖަމާލުއްދީން ސްކޫލް، ހާފިޒް އަޙްމަދު ސްކޫލް، އައިޑިއަލް ސްކޫލް އަދި ފުވައްމުލަކު ސްކޫލެވެ.

ޤުރުއާނާއި ސައިންސް ފޯރަމް 1444 ހުޅުވައި ދިނުމުގެ ގޮތުން މިރޭ ހުށައަޅައިދޭނީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނެވެ. އެ ދަރިވަރުންހުށަހަޅާދޭ މައުޟޫއަކީ 'ކީރިތި ޤުރުއާނުގައިވާ އެސްޓްރޮނޮމީ ޢިލްމުގެ މަޢުލޫމާތުތައް (އިރާއި ހަނދާއި ތަރިތައް)' މިއެވެ.

މިމަހުގެ 26 އިން 31 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމް ކުރިއަށް ދާނީ 30 މާރިޗް 2023 ވަނަ ދުވަހު ފިޔަވައި ކޮންމެ ރެއަކުވެސް 21:30 ގައި ފުވައްމުލައް ސިޓީ ކައުންސިލުގެ ކުރުނދުމާ މާލަމުގައެވެ. 30 ވަނަ ދުވަހު އައިޑިއަލް ސްކޫލުން ހުށައަޅައިދޭ ފޯރަމް ކުރިއަށްދާނީ އެ ދުވަހުގެ ހަވީރު 16:30 ގައެވެ.