ދޫނޑިގަން އަވަށު ފްލެޓް އެޅުމަށް ކަނޑައެޅިފައިވާ ބިމާއި ބެހޭގޮތުން މަޝްވަރާކޮށްފި

ދޫނޑިގަން އަވަށު ފްލެޓް އެޅުމަށް ކަނޑައެޅިފައިވާ ބިމާއި ބެހޭގޮތުން  މަޝްވަރާކޮށްފި
1 އޮކްޓޯބަރ 2022

ދޫނޑިގަން އަވަށު ފްލެޓް އެޅުމަށް ކަނޑައެޅިފައިވާ ބިމާއި ބެހޭގޮތުން މަޝްވަރާކުރުމަށް މިއަދު ދޫނޑިގަން އަވަށުގެ ރައްޔިތުންނާއި ކައުންސިލަރ އިބްރާހިމް މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.


މި މަޝްވަރާ ބައްދަލުވުގައި ފުވައްމުލައް ސިޓީގައި އަލަށް ޢިމާރާތްކުރަން ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން ދޫޑިގަން އަވަށުގެ މަސްޖިދުއްސަލާމްގެ އިރު އުތުރުން، އާސިމީމަންޒިލް ގޯއްޗާއި ހަމަޔަށްއޮތް ބިމާއި ބެހޭގޮތުން ހިޔާލު ފާޅުކޮށް ވާހަކަދެކެވުނެވެ. އަދި ހާޒިރުވި ފަރާތްތަކުން ހިއްޞާކުރި ކަންކަން ފާހަގަކޮށް ހައުސިން ޔުނިޓްތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި އެކަންކަމަށް ރިއާޔަތްކުރައްވާނެކަމަށް ކައުންސިލަރ ވިދާޅުވިއެވެ.

މި ބިމުގައި ހުރި ރުއްގަހުގައި ސިޓީ ކައުންސިލްގެ ފަރާތުންވަނީ ނަންބަރު ޖަހައި ވެރިފަރާތް ހޯދުމަށް އިޢުލާން ކޮށްފައެވެ. ރުއްގަސްތަކުގެ ވެރިފަރާތްތަކުން އެރުއްގަހަކީ ރަޖިސްޓްރީ ކުރެވިފައިވާ ރުއްގަސްކަން ނުވަތަ ކަމާއި ބެހޭ ފަރާތުގެ ހުއްދަ ލިބިގެން އިންދާފައިވާ ރުއްގަސްކަން އެގޭނެ ލިޔުމަކާއިއެކު 2022 އޮކްޓޯބަރ 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ފުވައްމުލައް ސިޓީކައުންސިލުގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަނަށް (ކުރީގެ ރަށުއޮފީސް) ހުށަހެޅުއްވުމަށްވަނީ އިލްތިމާސްކޮށްފައެވެ.



ފޮޓޯ ގެލަރީ