މައިގަނޑު ބަޔަށް ދާން
1618
ފުވައްމުލައްސިޓީ ކައުންސިލް

ޔުނިސެފްގެ ރީޖަނަލް އެޑްވައިޒަރ މިސް އަމަންޑާ މިކައުންސިލާއި ބައްދަލުކުރައްވައިފި

ޕަބްލިޝްކުރެވުނު ތާރީޚް: 19 ސެޕްޓެމްބަރ 2022

ފުވައްމުލައް ސިޓީގެ “އިބަމަ” (އިޖްތިމާޢީ ބަދަހި މަދަދުވެރިން) ގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ފުވައްމުލަކަށް ވަޑައިގެންނެވި، ޔުނިސެފް އިން ސައުތް އޭޝިއާއަށް ކަނޑައަޅުއްވާފައިވާ ރީޖަނަލް އެޑްވައިޒަރ ފޯ ޗައިލްޑް ޕޮރްޓެކްޝަން މިސް އަމަންޑާ ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުމަގައި މިސިޓީގައި ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުމަށް އެހީތެރިކަން ފޯރުކޮށް ދެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މިބައްދަލުވުމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާރވިސެސް, ޔުނިސެފް މޯލްޑިވްސް އަދި މިކައުންސިލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.





ފޮޓޯ ގެލެރީ

ފޮޓޯ 1 ގެ 5
ފޮޓޯ 2 ގެ 5
ފޮޓޯ 3 ގެ 5
ފޮޓޯ 4 ގެ 5
ފޮޓޯ 5 ގެ 5
ޔުނިސެފްގެ ރީޖަނަލް އެޑްވައިޒަރ މިސް އަމަންޑާ މިކައުންސިލާއި ބައްދަލުކުރައްވައިފި