ފުވައްމުލަކު އެތެރޭގެ މަޤުތަކުގައި ތާރުއެޅުމުގެ 2 ފިޔަވަހީގެ މަޝްރޫޢުގައި ސޮއިކޮށްފި

ފުވައްމުލަކު އެތެރޭގެ މަޤުތަކުގައި ތާރުއެޅުމުގެ 2 ފިޔަވަހީގެ މަޝްރޫޢުގައި ސޮއިކޮށްފި
25 ޖުލައި 2023

ފުވައްމުލަކު އެތެރޭގެ މަޤުތަކުގައި ތާރު އެޅުމުގެ 2 ފިޔަވަހީގެ މަޝްރޫޢުގައި މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގަ، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރއާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއައި އެކު މިއަދު ސޮއިކޮށްފިއެވެ.
ފުވައްމުލަކުގެ އެތެރޭގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމު ކުރުމާއި މަގުބައްތި ޖެހުމުގެ އިތުރުން 12.17 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫޢަކީީ 255,211,824.60 ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢު ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫޤެވެ. މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމެވެ.

ފޮޓޯ ގެލަރީ