ފުވައްމުލައް ސިޓީ ކައުންސިލުގެ ދީނީ ކުއިޒް ޕްރޮގްރާމް 1444 ރޭ ފަށައިފި

ފުވައްމުލައް ސިޓީ ކައުންސިލުގެ ދީނީ ކުއިޒް ޕްރޮގްރާމް 1444 ރޭ ފަށައިފި
10 އެޕްރީލް 2023

1444 ވަނަ އަހަރުގެ ރަމަޝާން މަހާއި ގުޅުވައިގެން ފުވައްމުލައް ސިޓީ ކައުންސިލުން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ދީނީ ކުއިޒް ޕްރޮގްރާމް 63 ދަރިވަރުންނާއިއެކު ރޭ ފަށައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ފުވައްމުލައްސިޓީ ޑިވެލޮޕްމެންޓް ޕްލޭންގައިވާ "ދީނީ ޢަޤީދާ"، މިސެކްޓަރގެ ދަށުން ފުވައްމުލަކު ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމެވެ. އެގޮތުން މުޅި ފުވައްމުލަކަށް ހުޅުވާލެވުނު މި ޕްރޮގްރާމުގައި ފުވައްމުލަކުގެ 6 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އެއީ ޏ.އަތޮޅު ތައުލީމީ މަރުކަޒު، ހާފިޒު އަހުމަދު ސްކޫލް، މުހައްމަދު ޖަމާލުއްދީން ސްކޫލް، ޒިކުރާ ސްކޫލް އަދި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ފުވައްމުލައް އަދި ފުވައްމުލަކު ސްކޫލެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ދެ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ ސީނިއަރ ބައި އަދި ޖޫނިއަރ ބައެވެ. އެގޮތުން ސީނިއަރ ބައިގައި ޖުމްލަ 4 ސްކޫލަކުން 28 ދަރިވަރުން ބައިވެރިވެފައިވާއިރު މި ބައި ރޭ ވަނީ ކުރިއަށް ގެންގޮސްފައެވެ. ދެވަނަ އުމުރުފުރާ ކަމުގައިވާ ޖޫނިއަރ ބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރެއެވެ. އެގޮތުން މިބައިގައި 6 ސްކޫލަކުން 35 ދަރިވަރުން ވަނީ ބައިވެރިވެފައިވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 4 ރައުންޑަކަށް ބަހާލައިގެންނެވެ. އެއީ ވަކި ވަކި ދަރިވަރުންގެ ސުވާލު، ގްރޫޕް ސުވާލު، ބަޒް ރައުންޑް އަދި ސްޕީޑް ރައުންޑު ސުވާލެވެ. މި ޕްރޮގްރާމުގެ ޖޫނިއަރ ބައި މިރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތުވެސް އޮންނާނީ މިރެއެވެ.

ފޮޓޯ ގެލަރީ