ފުވައްމުލައް ސިޓީ ކައުންސިލުގެ ގޯތިތެރޭގައި ކޯރސް ސްޓޭޝަނެއް ޖެހުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ފުވައްމުލައް ސިޓީ ކައުންސިލުގެ ގޯތިތެރޭގައި ކޯރސް ސްޓޭޝަނެއް ޖެހުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
18 ޖޫން 2023

ފުވައްމުލައް ސިޓީ ކައުންސިލުގެ ގޯތި ތެރޭގައި ގްލޯބަލް ނެވިގޭޝަން ސެޓެލައިޓް ސިސްޓަމް (ޖީ.އެން.އެސް.އެސް) ކޯރސް ސްްޓޭޝަނެއް ޖެހުމަށް ފުވައްމުލައް ސިޓީ ކައުންސިލާއި ފޯސައިޓް ސާވޭޔާސް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ސްޓޭޝަން އަކީ މިކައުންސިލުގެ އެކި އެކި ތަރައްޤީގެ މަޝްރޫއުތަކަށް ޖީ.އެން.އެސް.އެސް ބޭނުންކޮށްގެން ކުރެވޭ ސާރވޭ ތަކުގެ ރިފަރެންސް (ބޭސް) ގޮތުގައި ބޭނުންކުރުމަށް ޖެހޭ ސްޓޭޝަނެކެވެ. އެގޮތުން މި އެއްބަސްވުމުގެ މުއްދަތަކީ 17 ޖޫން 2023 އިން ފެށިގެން 17 ޖޫން 2033 (10 އަހަރު) އެވެ.

ޖީ.އެން.އެސް.އެސް (ގުލޯބަލް ނެވިގޭޝަން ސެޓަލައިޓް ސިސްޓަމް) އެއްގެ ސަބަބުން ކައުންސިލަށާއި ކައުންސިލުގެ ތަރައްގީގެ އެކިއެކި މަސައްކަތްކުރާ ކޮންޓްރެކްޓަރުންނަށާއި ކުންފުނިތަކަށް ތަފާތު ފައިދާތައްކުރާނެއެވެ.

މި އެއްބަސްވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކޮށްފައިވަނީ ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއިލް ރަފީގެވެ. އަދި ފޯސައިޓް ސާވޭޔާސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރައްވައިފައިވަނީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ނުޢައިމްއެވެ.

ފޮޓޯ ގެލަރީ